އިއްޔެ ބޭއްވި ބޮޑު ބައިލެކްޝަންގައި ސަރުކާރު ހިންގާ ޕީ.އެން.ސީއަށް ލިބުނު ކާމިޔާބީން ހަމަވީ ސަރުކާރަށް، ޑރ.މުޙައްމަދު މުޢިއްޒަށް އޮތް ތާއިދު ކަަމަށް މަނަދޫ ދާއިރާގެ މެންބަރ ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ހުސްނީ މިހެން ވިދާޅުވީ ލަންދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑި ޕީއެންސީގެ އާތިފާ މޫސާ ކާމިޔާބު ކުރުމާއި ގުޅިގެން މަރުހަބާ ކިޔުމަށް ކުރެއްވެވި ޕޯސްޓެއްގައެވެ.
އިއްޔެ ބޭއްވި ބައިލެކްޝަންގައި 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ކާމިޔާބުކޮށް ސަރުކާރު ކެނޑިޑޭޓުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި ބައިލެކްޝަންގައި އެންމެ ވާދަވެރި ކެމްޕޭނެއް ފެނިގެން ދިޔައީ ނ.ލަންދޫއިންނެވެ.

ލަންދޫ ކައުންސިލްގެ އަންހެން ކައުންސިލް މެމްބަރަށް ހާއްސަ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާއެވެ. އޭނާއާ ވާދަކުރެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ރިޔާޝާއެވެ.

ވަގުތީ ނަތީޖާން ދައްކާ ގޮތުގައި ލަންދޫ ކައުންސިލްގެ ގޮޮނޑި ޕީއެންސީ ކެންޑިޑޭޓް އާތިފާ ކާމިޔާބު ކުރެއްވީ 241 ވޯޓުންނެވެ. އިދިކޮޅު ކެންޑިޑޭޓް ރިޔާޝާއަށް ލިބިވަޑައިގަތީ 214 ވޯޓެވެ.

މި ކާމިޔާބީއާއެކު ލަންދޫ ޕީ.އެންސީ ފެނިގެން ދިޔައީ ވަރުގަދަ “ކަމްބެކް” އެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ސިފަ ކޮށްފައިވެއެވެ. ނަމަވެސް އިދިކޮޅު އެމް.ޑީޕީން ތުހުމަތު ކުރަމުންދަނީ ސަރުކާރު ކެނޑިޑޭޓަށް ކާމިޔާބީ ލިބުނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

ބައިލެކްޝަނުން ސަރުކާރު ކެނޑިޑޭޓުން ކުރި ހޯދީ އެމް.ޑީޕީ އެކްޓިވިސްޓުން ސަރުކާރާ ދެކޮޅަށް އެތައް ތުހުމަތެއް ސޯޝަލް މީޑިޔާގައި ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

ފަހަތަށް

ފޮޓޯ: ނ.އަތޮޅު ހޮސްޕިޓަލްގެ 57 ވަނަ އަހަރީ ދުވަހުގެ ކުޅިވަރު ހަރަކާތް

ކުރިއަށް

ރާއްޖެ ސަރަޙައްދަށް ވަދެ އުޅޭ ގޮތްނޭންގޭ އުޅަނދުތަކަށް ނޭރުމަށް އިލްތިމާސްކޮށްފި