ދިވެހިރާއްޖޭގެ އިގްތިޞާދީ ޚާއްސަ ސަރަހައްދުގެ ތެރެއިން ފެންނަ އުޅަނދުތަކަށް އަރާ އެފަދަ އުޅަނދުފަހަރު ހިފެހެއްޓުމުގެ ބަދަލުގައި އެމް.އެން.ޑީ އެފަށް ރިޕޯޓް ކުރުމަށް ސިފައިން އެދެފިއެވެ.

އެމް.އެން.ޑީ އެފުން ކަމާ ގުޅޭ އިދާރާތަކަށް ފޮނުއްވެވި މެސެޖުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅޭ ބޭރުގެ ގޮތް ނޭންގޭ އުޅަނދުފަހަރަށް ރާއްޖޭގެ މަސްވެރި އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާ ކަމަށާއި އެފަދަ އުޅަނދުތަކުގައި މަދުން ނަމަވެސް ނުރައްކާތެރި ކުއްވެރިން ތިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ވީމާ ގޮތްނޭންގޭ އެފަދަ އުޅަނދުފަހަރަށް އެރުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށް ވާތީ އެފަދަ އުޅަނދެއް ފެނިއްޖެ ނަމަ، އެ އުޅަނދަކަށް އެރުމުގެ ބަދަލުގައި ކޯސްޓްގާޑްގެ ހޮޓްލައިން 191 އަށް ނުވަތަ 3395981 އަށް ލަސްނުކޮށް ރިޕޯޓް ކުރުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސް ކުރެއެވެ.

ފަހަތަށް

ބައިލެކްޝަން ނަތީޖާތަކުން ހާމަވީ ސަރުކާރަށް އޮތް ތާއިދު - މެންބަރ ހުސްނީ

ކުރިއަށް

ލޯނުތަކާއި ބިލްތަކަށް 13.4 ބިލިއަން ރުފިޔާ