މަނަދޫ ކައުންސިލް ކަޕް 2025، 15 ފެބްރުއަރީވާ  ހޮނިހިރު ދުވަހު ފަށާނެއެވެ. މިއީ މަނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޮޑު ފުޓްބޯޅައަށް އަމާޒުކޮށް މަނަދޫގެ ކްލަބުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

 

 

މިއަހަރުގެ މުބާރާތުގައި 5 ޓީމް ވާދަކުރާއިރު، އެންމެ ފަހުގެ ޗެންޕިއަން ކަންމަތި ޖޫނިއަރސް މިއަހަރު ނުފެންނާނެއެވެ. ރުއްމަގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަންމަތިން ފެނުނު ވަރުގަދަ ކުޅުންތެރިން ބޮޑު އަގުގައި ވާދަވެރި ޓީމްތަކުން ވަނީ ގަނެފައެވެ.

މަނަދޫ ކައުންސިލް ކަޕް 2025 ގުރު ނެގުމުގެ ހަފްލާގެ ތެރެއިން

 

މިއަހަރުގެ މުބާރާތުގައި 2024 ވަނަ އަހަރުގެ ރަނަރއަޕް ޖުވަނައިލް ތަގްސްގެ އިތުރުން، ބަބުރު، ފިއުރިއަސް، ޗެސްޓަރ ޔުނައިޓެޑް އަދި މުޅިން އަލަށް ބައިވެރިވާ ޓީމެއްގެ ގޮތުގައި ޓައިގާ ފެންނާނެއެވެ. ރުއްމަގަށް އެނގިފައިވާ ގޮތުގައި ޓައިގާ އަކީ ކުރީގެ ލެޖެންޑުން ހިމެނޭ ވަރުގަދަ ޓީމެކެވެ.

ފަހަތަށް

ނާކާމިޔާބު ކެނޑިޑޭޓް އުމަރު ނަޞީރުގެ މޮޔަ ތުހުމަތުތަކެއް

ކުރިއަށް

އިޒްރޭލްގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރީ ކާން ނުދީ ކަރަންޓް ޖައްސައިގެން