މަނަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފި
މަނަދޫ ކައުންސިލްގެ ފަރާތުން މަނަދޫ ގެ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މަނަދޫ އަސްވާރުގައި މިރޭ ބޭއްވި މި ބައްދަލުވުން ވަނީ މަނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާފައެވެ.
މި ބައްދަލުވުމުގައި 2024 ވަނައަހަރު މަނަދޫ ކައުންސިލުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓާއި މާލީ ރިޕޯޓް ވަނީ ހިއްސާ ކޮށްފައެވެ.
އޭގެ އިތުރުން މަނަދޫގައި މިވަގުތު ސަރުކާރާއި ކައުންސިލުން ހިންގަމުންގެންދާ މަޝްރޫއުތަކާއި ހަރަކާތްތަކުގެ އަދާހަމަ ހިއްސާ ކޮށްފައިވެއެވެ.