މަނަދޫ ކައުންސިލް އިން ހަރަދުކޮށްގެން މަނަދޫގައި، ސްކޭޓްކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށް، ސްކޭޓް ޕާކެއް ހުޅުވައިފި އެވެ.

މަނަދޫ އެކުވެރި ކުލަބް ކައިރި ހަދާފައިވާ އެ ސްކޭޓްޕާކު މިއަދު ހަވީރު ހުޅުވައިދެއްވީ މަނަދޫ ކައުންސިލްގެ މެމްބަރުންނެވެ.

ސްކޭޓްޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ފަރާތްތަކަށް ރާއްޖޭގައި ފާހަގަ ކޮށްލެވޭ ސްކޭޓްކުރުމުގެ ހުނަރުވެރިއެއްކަމަށްވާ މުހައްމަދު ރިޞްވާނުގެ ރޯލަރ ސްކޭޓްކުރުމުގެ ހުނަރުތައްވަނީ ދައްކާފައެވެ.

ސްކޭޓްޕާކު ހުޅުވުމުގެ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރޯލަރ ސްކޭޓްދުއްވަން ދަސްކޮށްދޭ ޓްރެއިނިންގ ސެޝަންތަކެއްވެސް ކުރިޔަށް ގެންދިޔައެވެ.

ރާއްޖޭގައި ނިސްބަތުން ބަލާއިރު، ސްކޭޓް ކުރަން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިވެ އެވެ. ސްކޭޓަށް އަމާޒުކޮށް ރަނގަޅު ޓްރެއިނަރުން ވެސް ހަރަކާތްތެރިވާއިރު، ގައުމީ ފެންވަރުގައި އެކަން ކުރަން އެސޯސިއޭޝަނެއް ވެސް އޮވެ އެވެ.

2
ފަހަތަށް

މަނަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފި

ކުރިއަށް

މިއީ އެންމެ ފަހުގެ ލިޔުން