އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު މަނަދޫއަށް ޒިޔާރަތްކުރައްވައިފި
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ނ. މަނަދޫއަށް ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރު މަނަދޫއަށް ވަޑައިގެންނެވުމާއެކު އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ ނ. މަނަދޫގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ނޫނު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އަދި މި ދަތުރުފުޅުގައި ކަމާ ގުޅުންހުރި އިދާރާތަކާއި،ނ.އަތޮޅު ކައުންސިލާއި ،ނ.މަނަދޫ ކައުންސިލާއި، މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރެއްވިއެވެ.