މަނަދޫ ރަންތަރި 1446 ޤުރުއާން މުބާރާތް ހުޅުވާލައިފި
ރަމަޟާން މަހު މަނަދޫ ކައުންސިލާއި ، މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިންތިޒާމްކުރާ ރަންްތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މަނަދޫ ކައުންސިލުން ބުނީ 14 އަހަރު ފުރިފައިވާ މަނަދޫގެ ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށާއި ބައިވެރިވުމުގެ ސުންގަޑިއަކީ 18 ފެބްރުއަރީ ވާ އަންގާރަ ދުވަސް ކަމަށެވެ.
‘މަނަދޫ ރަންތަރި 1446′ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަނަދޫ ރަންތަރި ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.
އަގުހުރި އިނާމުތަކެއް ލިބޭ ރަންތަރި ޤުރުއާން މުބާރާތަކީ ނ.އަތޮޅުގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތެވެ. މިއަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ސިރަޕް ޖަމްއިއްޔާއިންނެވެ.
މިދިޔަ އަހަރުގެ ރަމަޞާން މަހު ބޭއްވި ރަންތަރި ޤުރުއާން މުބާރާތް ކާމިޔާބު ކުރީ ނ.މަނަދޫ، މޫމިނާ މަންޒިލް، އަބްދުالله ޖަމީލެވެ. 2 ޢުމުރާ ދަތުރާއެކު މުބާރާތުގެ 1 ވަނަ ހާސިލްކުރި ފަރާތަށް 60،000 ރުފިޔާގެ އަގުހުރި އިނާމު ފާއިތުވި އަހަރު ދީފައިވެއެވެ.