ލޯނުތަކާއި ބިލްތަކަށް 13.4 ބިލިއަން ރުފިޔާ
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ތެރެއިން 13.4 ބިލިއަން ރުފިޔާ ލޯނުތަކާއި ބިލްތައް ދެއްކުމަށް ޚަރަދުކޮށްފިއެވެ. މިއީ ނިމިދިޔަ އަހަރު ފާސްކުރި 53.1 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 25 އިންސައްތައެވެ.
2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2024 ވަނަ އަހަރުގެ ގޮންޖެހުން ބޮޑު ދަރަނީގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަދި ޕެންޝަންގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އިގްތިޞާދީ މާހިރުން ވިދާޅުވަނީ 2024 ގެ ބެޖެޓް ބޮޑުބައެއް ލޯނާ ބިލްތަަކަށް ދައްކަންޖެހުނީ ކޮވިޑާއި ގުޅިގެން ޚަރަދުތައް ފޫބެއްދުމަށް ނެގި ލޯނުތަކާއި، 2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ފަށާފައިހުރި މަޝްރޫޢުތަކުގެ ސަބަބުން ކަމަށެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް އިގްތިޞާދު ހަމައަކަށް އެޅުވުމަަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.