ރަމަޟާން މަހަށް ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެން ވަޢުދުފުޅު ފުއްދަން ފަށައިފިއެވެ. ނ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މިއަދު ވަނީ މަސްދަޅު ކޭސްތައް ލިބިފައެވެ. މި ވަޢުދުފުޅުގެ ދަށުން ކޮންމެ ގޭ ބިސީއަކަށް 180 ގްރާމްގެ 48 ދަޅުގެ  ކޭހެއް ދިނުމަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ވިއްކާ 48 ދަޅުގެ ފެލިވަރު މަސް ކޭހުގެ އަގު އުޅެނީ 700ރ. އާއި 800ރ. އާ ދެމެދުގައެވެ.  ވީމާ އެ އަދަދަށް ބަލައިގެން  ރާއްޖޭގައި މީހުން ދިރިއުޅޭ 80،000 ގޭބީސީ އަށް މަސްދަޅު ދޫކުރާ ނަމަ  56 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

ރައީސްގެ މި ވަޢުދުފުޅުގެ އަޑު ގަދަވީ މިފްކޯއިން ކުދި މަސްދަޅުތަކެއް ބާޒާރަށް ނެރުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔުންތައް އަމާޒު ކުރުމުންނެވެ. ނަމަވެސް އެވާހަކަތައް މިފްކޯއިން ދޮގުކޮށް ރޯދަމަހު ބަހަން ނިންމާފައިވަނީ ބޮޑު މަސްދަޅުކަމުގެ ޔަޤީންކަން ދިނެވެ. މިއަހަރު މަސްދަޅު ބަހަން ސަރުކާރުން ނިންމިއިރު، މިދިޔަ އަހަރު ސަރުކާރުން ބެހީ ކާޑުގެ ބާވަތްތަކެވެ. އެގޮތުން 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވެއެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.

 

1
ފަހަތަށް

އިޒްރޭލްގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރީ ކާން ނުދީ ކަރަންޓް ޖައްސައިގެން

ކުރިއަށް

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް އެޅި ފިޔަވަޅުތަކުގެ ފޮނިމީރުކަން ފެންނަން ފަށައިފި