ފޯރިގަދަ މަނަދޫ ކައުންސިލް ކަޕް، ހޮނިހިރު ދުވަހު ފަށަނީ
މަނަދޫ ކައުންސިލް ކަޕް 2025، 15 ފެބްރުއަރީވާ ހޮނިހިރު ދުވަހު ފަށާނެއެވެ. މިއީ މަނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޮޑު ފުޓްބޯޅައަށް އަމާޒުކޮށް މަނަދޫގެ ކްލަބުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި 5 ޓީމް ވާދަކުރާއިރު، އެންމެ ފަހުގެ ޗެންޕިއަން ކަންމަތި ޖޫނިއަރސް މިއަހަރު ނުފެންނާނެއެވެ. ރުއްމަގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަންމަތިން ފެނުނު ވަރުގަދަ ކުޅުންތެރިން ބޮޑު އަގުގައި ވާދަވެރި ޓީމްތަކުން ވަނީ ގަނެފައެވެ.
މިއަހަރުގެ މުބާރާތުގައި 2024 ވަނަ އަހަރުގެ ރަނަރއަޕް ޖުވަނައިލް ތަގްސްގެ އިތުރުން، ބަބުރު، ފިއުރިއަސް، ޗެސްޓަރ ޔުނައިޓެޑް އަދި މުޅިން އަލަށް ބައިވެރިވާ ޓީމެއްގެ ގޮތުގައި ޓައިގާ ފެންނާނެއެވެ. ރުއްމަގަށް އެނގިފައިވާ ގޮތުގައި ޓައިގާ އަކީ ކުރީގެ ލެޖެންޑުން ހިމެނޭ ވަރުގަދަ ޓީމެކެވެ.